އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ މިރޭ ޔަންގް މެޖެންޓާއި ޑީސީ ސްޕޯޓްސް ބައްދަލުކުރި މެޗު 1-0 އިން ޔަންގް މެޖެންޓާގެ މައްޗަށް ކުރިހޯދައިގެން ޑީސީ ސްޕޯޓްސް ކުއާޓާގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
އެޓީމް ކުއާޓާއަށް ދަތުރުކުރީ ބީ ގްރޫޕުގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެގްރޫޕުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދީ އެފްސީ އަފިރިން އެވެ.
ޑީސީ ސްޕޯޓްސްއާއި، ޔަންގް މެޖެންޓާގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޑީސީސްޕޯޓްސްގެ ޖާޒީ ނަމްބަރ 10 ހަސަން އުސައިދެވެ. މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ މަރަދޫ ޔުނައިޓެޑާއި، އެފްސީ ޒެފިއާއެވެ.