މަލްޓި ޖީނިއަސް ކުއާޓާއަށް ދަތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މަލްޓި ޖީނިއަސް ކުއާޓާއަށް ދަތުރުކޮށްފި
އައްޑޫސިޓީގައި މިހާރުކުރިއަށްދާ އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގައި މިއަދު ހަވީރު ކުޅުނު މެޗު މަލްޓިޖީނިއަސް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއިން ޖާގައެއް ކަށަވަރު ކޮށްފިއެވެ.

އެފްސީ ސްކޫޕްކަންމައްޗާ ބައްދަލުކޮށް މަލްޓިޖީނިއަސް މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މިއީ މި މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކުރި ހަވަނަ ޓީމެވެ. އެ މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ މަލްޓިޖީނިއަސްގެ ޖާޒީނަމްބަރ 6 ހުސައިން ޝަރީފެވެ.

މުބާރާތުގެ ގްރޫޕްސްޓޭޖުގެ މެޗުތައްކުޅެ މިރޭ ނިމޭނެއެވެ. އަދު ކުއާޓާގެ ފަހު ދެ ޖާގައަށް ޓީމްތައް މިރޭ ހޮވޭނެއެވެ. ކުއާޓަރ ފައިނަލްގެ ގުރުއަތުލުންވެސް މިރޭ ގަމުގައި އޮންނާނެއެވެ.

މިރޭ ޖުމްލަ 5 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މެޗުތައް ފަށާނީ 20:00 ގައެވެ.
މިއަދު އޮންލައިން