އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގައި އެފްސީ ޒެފިއާއި، މަރަދޫ ޔުނައިޓެޑް ބައްދަލު ކުރިމެޗު 2-1 ލަނޑުން ޒެފިއާ ކާމިޔާބުކޮށް ގްރޯޕުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މިމެޗަށް ނުކުތްއިރުވެސް މަރަދޫވަނީ މުބާރާތުން ކަޓައިފައެވެ. މެޗަށް ނުކުތްއިރުވެސް ޒެފިއާވަނީ ކުއާޓާއިން ޖާގަ ހޯދައިފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފިއާގެ ޖާޒީ ނަމްބަރ 14 ތިލްމީޒެވެ. މިރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ނޯނާސްޓްރީޓާއި، ފުރެންޑްސް ކުލަބެވެ. ނޯނާއަކީ މިހާރުވެސް ކުއާޓާއަށް ގޮސްފައިވާ ޓީމެކެވެ.
މިއީ ޒުވާނުންގެ މެޗުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި އެކުވެރިކަން ބަދަހި ކުރުމުގެ މަގުސަދުގައި ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ބާއްވައަށް ފަށައިފައިވަނީ 2011 ވަނައަހަރުއެވެ.