އަންހެނަކު އޭނާގެ ލޯބިވެރިޔާއަށްޓަކައި ފިރިމީހާ މަރާލައި ހަށިގަނޑުގައި ހުޅުޖަހައި އަންދާލި މަސައްލައެއް ކޯޓުން ބަލަން ފަށައިފިއެވެ. ދުބާއީ ފިރިހެނަކާއި ކައިވެނިކޮށްގެންއުޅުނު އުމުރުނ 22 އަހަރުގެ ކޮމޯރޯސް އަންހެނަކު މިކަން ކުރީ އޭނާގެ ޤައުމުގެ 32 އަހަރުގެ ލޯބިވެރިޔާއަށްޓަކައެވެ.
ޕްރޮސެކިޔުޓަރ ޖެނެރަލް ބުނީ ކާރުގައި ފިރިމީހާ އިންދާ އޭނާގެ ބޮލުގައި ބޮޑު ގަލަކުން ޖެހީކަމަށެވެ. އެވަރުންވެސް މަރުނުވެ ނޭވާލާކަން އެނގުމުން ބޮލަށް 10 ފަހަރު ހަމަލާދިން ކަމަށެވެ. އެއަށްފަހު ހަށިގަނޑު ކާރުން ނެރެ ޕްެޓްރޯލް އަޅައި ރޯކޮށްލީ ކަމަށެވެ.
ވޮޗަރަކަށް އެތަން ފެނިގެން ފުލުހުންނަށް އެންގުމުން ފުލުހުންނަށް އާދެވުނުއިރުވެސް އޭނާގަހަށިގަނޑު ދިއައީ އަނދަމުންނެވެ. ފުލުހުން ބުނެފައިވަނީ މިކަންކުރިއިރު ފިރިހެންމީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
މިހާދިސާގައި މަރުވި މީހާ އާއި އަންހެން މީހާގެ ލޯބިވެރިޔާއަކީ "ބެސްޓް ފްރެންޑުން"ނެވެ.
މަރުވި މީހާގެ ބައްޕަ ބުނީ އެދެމަފިރިންނާއި އެމީހުންގެ ދެދަރިން އުޅެމުން ދިއައީ އޭނާއާއިއެކުގައި ކަމަށެވެ. އެރޭ ގެއަށް ނައުމުން ދަރިފުޅު ކޮބައިތޯ ސުވާލުކުރުމުން ބުނީ ބީޗަށް ގޮސްފައި ނާންނަ ކަމަށް ކަމަށެވެ. އަދި ތަކުރާރުކޮށް ގުޅުމުން ފޯނު ނުނަގާކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުންގެ ތަޙްޤީޤްގައި އަންހެން މީހާ ބުނެފައިވަނީ ލޯބިވެރިޔާ އާއިއެކު ގުޅުން އޮންނަތާ 2 އަހަރުވެއްޖެކަމަށެވެ. ފިރިމީހާ އާއި މައްސަލަޖެހި ޒުވާބުކުރަންޖެހޭތީ ފިރިމީހާ މަރާލަން ނިންމައި އެކަންކުރީ ކަމަށެވެ.