އުމުރުން 80 އަހަރުގެ މުސްކުޅި އަންހެނަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު އޭނާ މަރައިލިކަން ސާބިތުވި 22 އަހަރުގެ ޒުވާނަކު މަރުވަންދެން ޖަލުގައި ބެހެއްޓުން ލާޒިމުކޮށް އުމުރުން ޖަލަށް ލައިފިއެވެ.
މިހާދިސާއަކީ މީގެ 2 އަހަރު ކުރިން އިންޑިއާގެ ވެރިރަށް ދިއްލީގެ ދެކުނު ސަރަހައްދެއްގައި ހިންގާފައިވާ ހާދިސާއެކެވެ. މިއަމަލު ހިންގާފައިވަނީ މުސްކުޅިން ބަލަހައްޓާ ތަނެއްގައެވެ.
ފަނޑިޔާރު ބުނީ އިއްވަންޖެހޭ ހުކުމަކީ މަރުގެ އަދަބު ކަމަށާއި ނަމަވެސް އޭނާގެ އުމުރަށް ބަލައި ޖަލުގައި ނަމަވެސް ދުނިޔޭގައި ހުރެގެން ކޮންމެވެސް ރަނގަޅުކަމެއް ކޮސްފާނެ ކަމަށް ބަލައި މަރަން ޙުކުމް ނުކުރީ ކަމަށެވެ.
ފުލުހުން ވަނީ ކޯޓުގެ ހުކުމަށް ދެކޮޅު ހަދައިފައެވެ. ފުލުހުން ބުނީ މުސްކުޅި އަންހެނަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު މަރާލައި ގޮދަޑިއެއްގައި ބާއްވައި ރޯކޮށް އަންދާލި މީހަކާއިމެދު ހަމްދަރުދީވާން ނުޖެހޭނެ ކަމަށެވެ.