ސައުދީގެ މާލީ އިސް މަޤާމުތަކަކަށް އަންހެނުން ހަމަޖައްޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ސައުދީގެ މާލީ އިސް މަޤާމުތަކަކަށް އަންހެނުން ހަމަޖައްޖައްސައިފި
ސައުދިއަރަބިޔާގެ ސަރުކާރުން އަންހެނުން ކުރިއަރުވަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މާލީ އިދާރާގެ އިސް މަޤާމުތަކަކަށް އަންހެނުން ހަމަޖައްސައިފިއެވެ.

މިގޮތުން ސައުދިއަރަބިޔާގެ ސްޓްކް އެކްސްޗޭންޖުގެ ޗެއަރއަކަށް ހަމަޖައްސާފައިވަނީ ސާރާ އަލް ސުހައިމީ އެވެ. ސަމްބާ ފައިނޭންޝަލް ގްރޫޕުގެ ސީއޯއަކަށް ހަމަޖައްސާފައިވަނީ ރާނިއާ ނަޝަރް އެވެ. އަރަބް ނޭޝަނަލް ބޭންކުގެ ފިނޭންޝަލް އޮފިސަރަކަށް ހަމަޖައްސާފައިވަނީ ލަޠީފާ އަލްސަބްޙާން އެވެ.

ސާރާ އަލްސުހައިލްއަށް މިމަޤާމް ހަމަޖެއްސި ނަމަވެސް އޭނާ ކުރިންވެސް ހުރި ނޭޝަނަލް ކޮމަރޝަލް ކޮމަރޝަލް ބޭންކް ކެޕިޓަލްގެ ސީއީއޯގެ މަޤާމުގައިވެސް ދެމިހުންނާނެއެވެ.

މިމަޤާމުތައް ހަމަޖައްސާފައިވަނީ ފާއިތުވި ހަފްތާގައެވެ. ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ އެންމެ އިސް މަޤާމްތަކުގައި މިހާރު ގިނަ އަދަދެއްގެ އަންހެނުން އެބަތިއްބެވެ. އެކަމުގެ ސަބަބުން މާލީ އިދާރާތަކަށް ބޮޑެތި ކުރިއެރުންތައް އަންނަނީ ލިބެމުންނެވެ.
މިއަދު އޮންލައިން