ޕެނަލަޓީޖަހައިގެން 2-1 އިން މޮޅުވެ ސްޓްރީޓް ސޮކަރގެ ސެމީގެ ފުރަތަމަ ޖާގަ ނޯނާ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ޕެނަލަޓީޖަހައިގެން 2-1 އިން މޮޅުވެ ސްޓްރީޓް ސޮކަރގެ ސެމީގެ ފުރަތަމަ ޖާގަ ނޯނާ ހޯދައިފި
ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ ސެމީގެ ފުރަތަމަ ޖާގަ ނޯނާ ސްޓްރީޓް ހޯދައިފިއެވެ.

މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ އެޓީމުން ކަށަވަރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ހަބޭސްއާ ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެޓީމް މޮޅުވީ 2-1 ލަނޑުންނެވެ.

މިމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ނޯނާގެ އަހުމަދު އިބްރާހީމެވެ.

ކުއާޓާރގެ ދެވަނަ މެޗުގައި މިހާރު ކުޅެމުންދަނީ އެފްސީ ޒެފިއާއި، ޑީސީ ސްޕޯޓްސްއެވެ.

މިއީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މުބާރާޓުގެ މައި ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯ ސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.
މިއަދު އޮންލައިން