ޑީސީ ސްޕޯޓްސް ވެސް ސެމީއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ޑީސީ ސްޕޯޓްސް ވެސް ސެމީއަށް
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ ސެމީފައިނަލަށް ޑީސީ ސްޕޯޓްސް ދަތުރު ކޮށްފިއެވެ.

އެޓީމް ސެމީއަށް ދަތުރުކުރީ ކުއާޓާފައިނަލްގެ ދެވަނަ މެޗުގައި އެފްސީ ޒެފިއާ، ބައްދަލުކޮށް 2-0 ލަނޑުން މޮޅުވެގެންނެވެ. ފުރަތަމަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރީ ނޯނާ ސްޓްރީޓެވެ.

މިމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ޑީސީ ސްޕޯޓްސްގެ ޖާޒީ ނަމްބަރ 10 ހުސައިން އުސައިދެވެ. އެޓީމަށް ލަނޑު ޖަހައިދީފައިވަނީ އުސައިދާއި، ޖާޒީ ނަމްބަރ 11 ފަހުދުﷲ މުފީދެވެ.

ކުއާޓާރގެ ތިވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިންނާއި، މަލްޓި ޖީނިއަސްއެވެ.
މިއަދު އޮންލައިން