އެފްސީ އަފިރިންވެސް ސެމީއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އެފްސީ އަފިރިންވެސް ސެމީއަށް
އައްޑޫސިޓީ ގަމުގައި ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ ސެމީފައިނަލުގެ ޖާގައެއް އެފްސީ އަފިރިންވެސް ހޯދައިފިއެވެ.

އެޓީމް ސެމީއަށް ދަތުރުކުރީ މަލްޓި ޖީނިއަސްއާ މިރޭ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. އެފްސީ އަފިރިންގެ އިތުރަށް ސެމީން ޖާގަ މިހާތަނަށް ހޯދައިފައިވަނީ ނޯނާ ސްޓްރީޓާއި، ޑީސީ ސްޕޯޓްސްއެވެ.

މިމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ އެފްސީ އަރިންގެ ޖާޒީ ނަމްބަރ 11 އަބްދުﷲ ޝިފާޒެވެ. އޭނާއަކީ އެފްސީ އަފިރިން ޓީމަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ކުއާޓާރގެ ފަހު މެޗުގައި ބައްދަލުކުރާނީ އެފްސީ ފެލްކަންއާއި، އެސްއެމްޓީއެވެ.
މިއަދު އޮންލައިން