ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިއަހަރުގެ ކޮންގްރެސް މި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.
އެފްއޭއެމް އިން ބުނީ މި ކޮންގެރެސްގައި ބަޖެޓު ފާސްކުރުމުގެ އިތުރުން ފުޓްބޯޅަ އަށްފައިދާހުރި ގިނަ ކަންތައްތަކެއް ހިމެނިގެންދާނެ ކަމަށެވެ.
އަދި އެހެން ފަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރާއްޖޭގެބޮޑެތި ބައެއް ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ8 ކުލަބަށާއި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއަރ ލީގަށް އަންނަކްލަބްތަކަށް ފައިސާދޭން ނިންމައިފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެހެންނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް އެފްއޭއެމް އިން އަދިހާމައެއް ނުކުރެއެވެ.