އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ފައިނަލްގެ ފުރަތަމަ ޖާގަ މަރަދޫ ޑީސީ ސްޕޯޓްސް ކަށަވަރު ކޮށްފިއެވެ.
އެޓީމް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ހިތަދޫ، ނޯނާސްޓްރީޓާ ބައްދަލުކޮށް 1-0 އިން މޮޅުވެގެންނެވެ.
މި މެޗުގައި ޑީސީ ސްޕޯޓްސްއަށް ލަނޑަޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރ 11 ސައުދުﷲ މުފީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ.
ސެމީގެ ދެވަނަ މެޗުގައި މިހާރު ކުޅެމުންދަނީ މަރަދޫފޭދޫގެ އެފްސީ އަފިރިންނާއި، މާލެއިން މިމުބާރާތުގައި ބައިވެރިވާ އެފްސީ ފެލްކަންއެވެ. ފައިނަލުގައި ޑީސީ ސްޕޯޓްސްއާ ވާދަކުރާނީ މި މެޗުން މޮޅުވާ ޓީމެކެވެ.