އައްޑޫސިޓީގައި ކުރިއަށްދާ އޮންދިގޯ ސްޓްރީޓް ސޮކަރގެ ސެމީގެ ދެވަނަ މެޗުގައި މަރަދޫގެ، އެފްސީ އަރިފިން ކޮޅަށް 4 ލަނޑު ޖަހައިގެން މާލެއަށް ނިސްބަތްވާ، އެފްސީ ފެލްކަން ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
މިމެޗު އެޓީމް ކާމިޔާބުކުރީ 4-0 އިންނެވެ. ފެލްކަންގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑުޖެހީ ފެލްކަންގެ ޖާޒީ ނަމްބަރ 11 އިބްރާހީމް މުހައްމަދެވެ. އެ ޕެނަލްޓީ ލިބުނުތާ ގިނައިރެއް ނުވެ ދެވަނަ ޕެނަލްޓީއެއްވެސް އެ ޓީމަށް ލިބުނެވެ. އެހެންނަމަވެސް އެ ޕެނަލްޓީ ލަނޑަކަށް ހަދައި ލެވޭގޮތެއް ނުވިއެވެ.
މެޗުގެ ފަހު 3 ލަނޑު އެ ޓީމުން ކާމިޔާބުކުރީ ވިދިވިދިގެންނެވެ. ދެވަނަ ލަނޑު ޖެހީ އެޓީމްގެ އިބްރާހީމް މާޒެވެ. ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ޝިފާހުއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ފެލްކަންގެ ޖާޒީ ނަމްބަރ 12 އިބްރާހީމް މުހައްމަދެވެ.
ފައިނަލުގައި ފެލްކަން ބައްދަލުކުރާނީ މަރަދޫ ޑީސީ ސްޕޯޓްސް އާއެވެ. ފައިނަލް މެޗު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ހަވީރު 5:00 ގައިއެވެ. އެ މެޗު ފެށުމުގެ ކުރިން އަންހެނުންގެ މެޗެއް ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ.
ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ދިފޭދޫ ސްޕޯޓްސް އިން މައުލޫމާތު ދެއްވިއެވެ.