ކިމް މަރައިލީ މޫނުގަ ކެމިކަލެއް އުނގުޅައިގެން- ފުލުހުން

އަހުމަދު
ކިޔުމަށް ހޭދަވާނީ 39ސ
ކިމް މަރައިލީ މޫނުގަ ކެމިކަލެއް އުނގުޅައިގެން- ފުލުހުން
މެލޭސިޔާގެ ކުޢާލަ ލަމްޕޫރުގެ އެއޭޕޯޓުގައި އުތުރު ކޮރެއާގެ ކިމް ޖޮންގ ނަމް މަރައިލީ އޭނާގެ މޫނުގައި ކެމިކަލެއް އުނގުޅައިގެން ކަމަށް މެލޭސިޔާގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޓެސްޓްތަކުން އެނގުނުގޮތުގައި ކެމިކަލްއަކީ "ވީއެކްސް ނަރވް އެޖެންޓް" އެވެ. އަދި މިކަންކުރި ދެ އަންހެނުންގެ ތެރެއިން އެކކަށް ކެމިކަލްގެ އަސަރުކުރުމުން ވަނީ ސީރިއަސް ހާލަތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކިމްގެ މޫނުގައި ކެމިކަލް އުނގުޅީ އޭނާ ފްލައިޓަށް އަރަން ތައްޔާރުވަމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަންކުރީ ވިއެޓްނާމް އަންހެން ކުއްޖަކާއި އިންޑޮނޭސިއާގެ އަންހެންކުއްޖެކެވެ. ފުލުހުން ބުނެފައިވަނީ އިތުރު ތަފްބީލް ފަހުން ހާމަކުރާނެ ކަމަށެވެ.

ކިމް މަރާލާފައިވަނީ ނޯތް ކޮރެއާގެ ރޭވުމަކުން ކަމަށް ކުރިން ވަނީ ބުނެފައެވެ.



މިއަދު އޮންލައިން