ސީރިޔާގައި ދިން ކާރުބޮމުގެ ހަމަލާއެއްގަ 42 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ސީރިޔާގައި ދިން ކާރުބޮމުގެ ހަމަލާއެއްގަ 42 މީހުން މަރުވެއްޖެ
ސީރިޔާގައި މިއަދު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 42 މީހުން މަރުވެ އެތައް ބައަކު ޒަޚަމްވެއްޖެއެވެ. ހަމަލާ ދީފައިވަނީ އިއްޔެ ހަނގުރާމަވެރި ޖަމާއަތްތަކާއި ތުރުކީ ގުޅިގެން އައިއެސްގެ ހަނގުރާމަވެރިން އަތުން މިނިވަންކުރި ސަރަހައްދެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮން ގޮއްވައިލީ އިއްޔެ މިނިވަންކުރި ސައުސިއަންގެ ސަރަހައްދުގެ ޗެކްޕޯސްޓެއްކައިރީގައި އަލްބާބްއަށް އެނބުރި ދިއުމުގެ ހޯދަން ގިނަ ބައަކު އެއްވެ ތިބި ވަގުތެއްގައެވެ.

ސީރިޔާގެ ރައްޔިތުންނަށް އަމާން އެއްވެސް ސަރަހައްދެއް މިހާރަކުނެތެވެ. ސަރުކާރުގެ ކޮންޓްރޯލުގެދަށުގައިވާ ސަރަހައްދުތަކުގައިވެސް އަދި ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކުގައވެސް ގެންދަނީ މިފަދަ ހަމަލާތައް ދެމުންނެވެ.
މިއަދު އޮންލައިން