ތިމާވެށި

ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިމާވެށި
އުޅެން ލިބިފައި މިވާ ދުނިޔޭގެ ނާޒުކުކަން ހިތަށް އެރުމުން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍...................އުޅެން ލިބިފައި އޮތަސް ބިރު ހީވެޔޭ ގެއްލުން ބޮޑެތި ލިބުމުން

ފަރާ ނެރު ގޮއްވަމުން ދޮންވެލި ނަގާއިރު ހާދަ ގެއްލުންވޭ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍...................ފަރާ މުރަކައިގެ ރީތިކަމާ ބަގިޗާ ކަނޑު އަޑިން ނެތެމުން

ރަބަރުކޮތަޅާ ދަޅާ ފުޅިތައް އުކާތަން އެބަ ފެނޭ މޫދަށް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍...................ރަބަރުކޮތަޅުން ލިބޭ ގެއްލުން ފަރުގެ ދިރުމަށް ލޮޅުން އެރުމުން

އުކާ ކުނިތައް އެތަންމިތަނުން ތިމާވެށި ކިލަނބު ކޮށްލާކަން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍...................އުކާ ބަޔަކަށް އެނގުނު ކަމުގައި ވިޔަސް ހެޔޮގޮތް ކަމަށް ބެލުމުން

އަމިއްލަ ގެދޮރުން އުކޭ ކުނިކޮތަޅު ފަޅު ގޯއްޗަށް އުކާލީމާ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍...................އަމިއްލަ ރަށަށް ދެވޭ ދެރައެއް ކަމަށް ނުބަލާ އުކާލެވުމުން

ތިމާވެށި ސާފުކޮށް ބާއްވަން ޖެހޭ ދުޅަހެޔޮ ޖަމާޢަތަކަށް
..................ހިމާޔަތްކޮށް ބަލިން ދުރުކޮށް ސަލާމަތް ވާނެޔޭ ގައިމުން

ތަޣައްޔަރު ވެއްޖެޔޭ މުޅި ދުނިޔެ ގޭހާ ވިހަ ދުމުގެ ސަބަބުން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................ތަޣައްޔަރު ވެއްޖެޔޭ މީހުންގެ ޞިއްޙަތުވެސް އެކުވެ އެ ދުމުން

މަހާމެހިމަސް ހިފާ މަރަމުން ކުރާ ވިޔަފަރިއަށް ވިސްނާ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................ގަހާގެހިގަސް ބިމާ ހަމަކޮށްލަނީ ފިކުރެއް މުޅިން ނެތުމުން

ތިމާއަށް ރަނގަޅުގޮތް ރަނގަޅޭ ރަށަށް، ގައުމަށް، ދުނިޔެއަށް ވެސް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................ތިމާ އިސްލާޙު ވާން ޖެހެޔޭ މުހިއްމު ކަމެއް ހިތުން ރުހުމުން
މިއަދު އޮންލައިން