މަޝްހޫރު ބޮކްސިންގ ތެޅުންތެރިޔާ މުޙައްމަދު އަލީގެ ދެވަނަ އަނބި މީހާ އާއި މުޙައްމަދު ޢަލީގެ ދަރިފުޅު އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ އިމިގްރޭޝަން އޮފިސަރުން މިމަހުގެ 7 ވަނަ ދުވަހު ހިފެހެއްޓުމާއި ދެކޮޅަށް އެތައް ހާސް ބައަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ.
ރައްޔިތުން ރުޅިގަދަވީ އެމީހުންނަކީ ކޮންބައެއްކަން އިމިގްރޭޝަނަށް ބުނެދީ ޔަޤީންކޮށްދިނުމުން އެތައް ގަޑިއިރެއްވަންދެން އެއާޕޯޓުގައި ހިފަހައްޓާފައިވާތީއެވެ.
"ކޮންތާކަށް ކަލޭމެން ދިއައީ؟ ކީއްކުރަން ދިއައީ؟ ކޮންތާކުން ތިއައީ؟ ކަލޭމެންނަކީ މުސްލިމުންތަ؟" މިއީ ޖަމައިކާއަށް ދަތުރެއްކޮށްފައި އެނބުރި އައުމުން ހަމަ އެދަމައިންނާއި ވެސް ތަކުރާރުކޮށް ކުރި ސުވާލުތަކެވެ.
ދެމައިން ބުނެފައިވަނީ އެދެމައިންނަކީ އެމެރިކާއަށް އެނގޭ ދެމައިންކަމަށްވުމުން ވެސް ހިފެހެއްޓީ މުސްލިމުންނާއިމެދު ޓްރަަމްޕްގެ ހިތުގައި އޮންނަ އަދާވާތްތެރިކަން ބޮޑުކަމުން ކަމަށެވެ. "އަހަރެމެން މީ އެމެރިކާ މީހުން. އެމެރިކާގެ މުސްލިމުން. އެކަން އެނގިތިބެ އަހަނީ ކަލޭމެންނަކީ މުސްލިމުންހޭ؟ މިކަމުން އެނގެނީ ޓްރަމްޕު އަދާވާތްތެރިވެގެން އުޅެނީ ވަކި ޤައުމެއްގެ މުސްލިމުންނަށް ނޫންކަން. ދުނިޔޭގެ ހުރިހާ މުސްލިމުންނަށްކަން. އެމެރިކާގެ މުސްލިމުންނަށް ވެސް އަދާވާތްތެރިވެގެން އުޅޭކަން." މުޙައްމަދު އަލީގެ އަނބިމީހާ ބުނެފައިވެއެވެ.