މިސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކެޕްޓަނާއި ވައިސް ކެޕްޓަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައިފިއެވެ.
އިއްޔެ ހަވީރު އޮތް އެޓީމުގެ ފަރިތަކުރުމުގެ ތެރެއިން ކެޕްޓަންކަން ޙަވާލުކޮށްފައިވަނީ އިސްމާއީލް އީސާ (މެސީ) އަށެވެ. އަދި ވައިސްކެޕްޓަނުންނަށް ހަމަޖައްސާފައިވަނީ ހަސަން އަދުހަމް (ސަޑޭ) އާއި ރިޟުވާން ވަހީދު (ކަކާރިލޭ) އެވެ.
ވިކްޓްރީގެ ކެޕްޓަން ބޭންޑު ޙަވާލުކޮށްދިނީ ވިކްޓްރީއަށް ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މައުރޫފް އަޙްމަދު (މާއްޓޭ) އެވެ.
މި ސީޒަނުގައި ވިކްޓްރީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ 21:00 ގައި ނުކުންނާނީ ފުރަތަމަ ޑިވިޜަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓާ ދެކޮޅަށެވެ.