ބޮޑު ހަރުގެ

ކިޔުމަށް ހޭދަވާނީ 54ސ
ބޮޑު ހަރުގެ
ދަނޑިފަނުން ރުއްމުޑި ޖަހާ ހަރުގޭ އަޅައި ނިންމައިފިޔޭ
.........ދަނޑިއަޅައި ތޮށަލިން ފުރާޅު ހަދާ ހަރުގެ ނިންމައިފިޔޭ

ސާފު ހުދު ދޮންވެލި ލިޔޭ އެކިއެކި ކުލައިން ފޮތިވެސް ދަމާ
.........ސާފު ހުދު ސަނދުވާ ވަށައި ދަމަމުން ހަރުގެ ނިންމައިފިޔޭ

ރީތި ކުރެހުން އެޅި ކުނާތައް ބިންމަތީ ފަތުރާލަމުން
.........ރީތި ލޯ ފާނޫޒުތައް އެލުވައި ހަރުގެ ނިންމައިފިޔޭ

ކޮންމެ ފާނޫޒަކު ދެފުއް ދިއްލާ ހަރުގެ އަލިކޮށްލަމުން
.........އޮންނަ ހަމައިން އަށި ހަދައި ބޮޑުމަގު ހަރުގެ ނިންމައިފިޔޭ

ހަތަރު ބިތުގައި އާނގުތައް ކެނޑިއޭ އެދުރުބޭ ބުނިގޮތަށް
.........އަތަރު ހުވަނދާ މޮޅެތި ދުން އަޅަމުން ހަރުގެ ނިންމައިފިޔޭ

އަށިމަތީ ފޮނިކާތަކެތި އެޅި ދޮލަނގުތައް ނަލަ ކުރަނޑިޔާ
.........ވަށިތަކާ ޝަރުބަތު ކުރާ އަތުރާ ހަރުގެ ނިންމައިފިޔޭ

ދުންއަޅައި ދުންމުޖުމަރާ ތައްޔާރުކޮށް ހަރުގޭ ވަށައި
.........ދުންކިބާ ތައް އަތުރަމުން އެދުރުބެ ހަރުގެ ނިންމައިފިޔޭ

ރިވެލިފަށު ވަޅުލައިފިޔޭ ލިޔެ ދުނބުރި އޮށް ފައްސަން ވިގަނި
.........ދިވެހި މޮޅު ފެންވަރުގެ ވަރުގަދަ ހަރުގެއެއް ނިންމައިފިޔޭ

ރަށުގެ ފަނޑިޔާރުން، ބޮޑުން، މުދިމުން، ކަތީބުން ބުނި ގޮތަށް
.........ރަށުގެ ބޮޑު މާލޫދުތައް ކިއުމަށް ހަރުގެ ހަމަޖެއްސިޔޭ
މިއަދު އޮންލައިން