ސައުދިއަރަބިޔާގެ ޚާރޖީވަޒީރު އާދިލް އަލްޖުބައިރު ތާރީޚީ ދަތުރުފުޅެއްގައި ސައުދިއަރަބިޔާއަށް ވަޑައިގެންފިއެވެ. މިއީ 2003 ވަނަ އަހަރުގެފަހުން ސައުދީގެ މިފެންވަރުގެ ބޭފުޅަކު އިރާޤަށް ކުރައްވަވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އަލްޖުބައިރުގެ މިދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވަން ވަނީ ހަމަޖެހިފައެވެ.
އަލްޖުބައިރު އިރާޤަށް ވަޑައިގެންފައި މިވަނީ ސަލްމާން ރަސްގެފާނުގެ އިސްނެންގެވުމަށް މެދުއިރުމަތީގައި ކުރިއަށް ގެންދާ ޞޫލްޙައިގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅައު ކުރެވިފައިވާ ވަގުތެއްގައެވެ.
މެދުއިރުމަތީގައި މިހާރު އުފެދިފައިވާ މައްސަލަތަކަށްބަލާއިރު އިރާޤަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އައިއެސްގެ މައްސަލައެވެ. ސައުދިއަރަބިޔާއަކީ އައިއެސް ނައްތައިލުމަށް ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ.