7 މިލިއަން ރުފިޔާގެ ކާރުގަ ރޯވެގެން ކަންބޮޑެއް ނުވޭ- ކަންބޮޑުވީ އަތްދަބަސް އަނދާފާނެތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
7 މިލިއަން ރުފިޔާގެ ކާރުގަ ރޯވެގެން ކަންބޮޑެއް ނުވޭ- ކަންބޮޑުވީ އަތްދަބަސް އަނދާފާނެތީ!
އިނގިރޭސިވިލާތުގައި ހިނގި ހާދިސާއެއްގައި މަގުމަތީގައި ދުއްވާފައި ދިއަ 7 މިލިއަން ރުފިޔާގެ އަގުހުރި ސްޕަރކާރެއްގައި ވަނީ އަލިފާން ރޯވެ އަނދައިފައެވެ.

ކާރުގެ ވެރިއަކީ އަންހެނެކެވެ. އޭނާ ބުނީ ކާރުގައި އަލިފާން ހިފިކަން އެނގުމުން ކާރު މަޑުކޮށް ފޭބިއިރު އެންމެ ބޮޑު ސަމާލަކަމެއް ދިނީ އަތް ދަބަހަށް ކަމަށެވެ.

"ފުރަތަމަ ކަމަކީ އެރޭގެ ކެއުމަށް ދާންޖެހޭ އެޑްރެސް އޮންނާނީ އަތްދަބަހުގަ. ދަބަސް ގެއްލުނު ނަމަ ކެއުން ގެއްލޭނެ. ކާރު އޮންނާނީ އިންޝުއަރޭންސްކޮށްފަ. އެކަމަކު އަތް ދަބަސް އޮންނާނީ އުޝުއރެންސް ނުކޮށް. އެހެންވެ އެހައި ބޮޑަށް އަތް ދަބަސް ބޭނުންވީ."

ހައިހޫނުކަމުގައި ހުންނަ މީހާއަށް ކަދުރު އޮށެއްވެސް ވަރަށް މުހިންމުވާނެއެވެ. މިލިއަނަރުންނަށް މުހިންމުވާނީ ރައްޓެއްސަކާއިއެކު މިލިއަނުން ޚަރަދުކޮށްގެން ކައިލުމެވެ.
މިއަދު އޮންލައިން