ދުނިޔޭގެ އެންމެ ވިހަގަދަ ފައިދިގުމަކުނު ކަށިޖެހި 10 އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ދުނިޔޭގެ އެންމެ ވިހަގަދަ ފައިދިގުމަކުނު ކަށިޖެހި 10 އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ
ދުނިޔޭގެ އެންމެ ވިހަގަދަ ފައިދިގުމަކުނުު (ފިރިހެން ފެނެލް ވެބް ސްޕައިޑަރ) އެއް ކަށިޖެހި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކު މަރުން ސަލާމަތްވެއްޖެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ހިނގި މިހާދިސާގައި ކުއްޖާގެ ގައަށް ކަށިޖެހުމުން ޢާއިލާއިން ވަނީ ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ދިލަނަގަތީ އުޅޭވަރުން އާދައާ ޚިލާފު ކަމެއް ކަމަށް ތުހުމަތުކުރެވިގެންނެވެ.

ފަހުން ވެދާނެ ގޮތަކަށް ބެލުމެއް ނެތި އެންޓިބައޮޓިކް އެންމެ ބާރުގަދަ 12 ޑޯޒް ވަނީ އޭނާއަށް ދީފައެވެ. އާންމުގޮތެއްގައި މިފަދަ ކަންކަމުގައި ދެނީ 4 ޑޯޒެވެ. 12 ޑޯޒް ދިނުމުންވެސް އޭނާއަށް ގެއްލުމެއް ނުލިބުނީ ވިހައިގެ އަސަރު ގަދަކަމުން ކަމަށް ޑޮކްޓަރުން ލަފާ ކުރެއެވެ.

ހަމަލާދިން ފައިދިގުމަކުނު އަތުލައިގަނެ ވަނީ އެއިގެ ވިހަ ނަގައިފައެވެ. އެއިގެ ވިހައަކީ ފަރުވާއަށް ބޭނުންކުރެވޭ އެއްޗަކަށްވާތީ މިބާވަތުގެ ފައިދިގުމަކުނު މެރުމަކީ އޮސްޓްރޭލިއާގައި މަނާކަމެކެވެ.
މިއަދު އޮންލައިން