ދެކުނު ކޮރެއާގެ ރައީސްގެ ބޭބެ ކިމްގެ މޫނުގައި ކެމިކަލް އުނގުޅައި މަރާލަދިން އިންޑޮނޭސިޔާގެ އަންހެން ކުއްޖާ ބުނީ އޭނާއަށް ލިބިފައިވަނީ އެންމެ 90 ޑޮލަރު ކަމަށާއި އެއީ މެޓައެއް ކަމަށެވެ.
25 އަހަރުގެ ސިއްތި އައިސަޔާ ބުނީ އޭނާ ހުރީ މިހާރު ހަމަޖެހިގެން ކަމަށާއި އޭނާ ދެކެން ޢާއިލާ އިން އައުމަށް ނުއެދޭ ކަމަށެވެ. "އަހަރެން ބަންދުގައި ހުންނަތަން އެމީހުންނަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫން. "މަންމަ އާއި ބައްޕައަށް ވެސް ރަނގަޅުވާނީ އެމީހުންގެ ޞިއްހަތާއިގެން ރަނގަޅަށް އުޅެވޭތޯ ބެލުން."
ސިއްތި ބުނީ އެކަންކުރީ ކިމް މަރުވާނެކަން އެނގިހުރެ ނޫން ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެކަންކުރި ދެ އަންހެން ކުދިންނަށްވެސް އެކަން ވާނެ ގޮތް ކުރިން އެނގޭ ކަމަށެވެ. ސިއްތިގެ ވާހަކައިން އޭނާ އެކަންކުރީ މަޖުބޫރުތަކެއް އޮވެގެންކަންވެސް ވަނީ ހާމަވެފައެވެ.
ކިމް މަރުވީ ފުރަން ފްލައިޓަށް އަރަން އުޅެނިކޮށް މޫނުގައި އުނގުޅި ކެމިކަލެއްގެ ސަބަބުން މިމަހުގެ 13 ވަނަ ދުވަހުއެވެ. ކިމްގެ މޫނުގައި ކެމިކަލް އުނގުޅިތާ މާގިނަ އިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ. މިކަން ކުރުވިކަމަށް ބެލެވެނީ ނޯތް ކޮރެއާއިން އޭނާގެ ކޮށްކޮއެވެ.