ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މި އަހަރުގެ މާލޭ ލީގުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެއްޖެއެވެ.
މީސީޒަނުގައި ތަށްޓެއް ހޯދުމުގެ އަޒުމުގައި މުބާރާތާއި ކުރިމަތިލިވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ގްރީން ސްޓްރީޓުން އަތްގަދަކޮށް، ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 0-1 ލަނޑުންނެވެ.
ފާއިތިވި އަހަރު ދެވަނަ ޑިވިޜަންގެ ޗެމްޕިއަންގެ ގިތުގައި މިއަހަރު އަލަށް ފުރަތަމަ ޑިވިޜަނަށްކޮލިފައިވި ގްރީން ސްޓްރީޓުން ރޭގެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ޖެހި ހަމއެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖަހައިދިނީ ވިކްޓަރީގެ ދިފާޢީ ކުޅުންތެރިންނަށް ހެދި ގޯހެއްގެ ފައިދާ ނަގާ ގްރީން ސްޓްރީޓުގެ އަހްމަދު ރަޝީދުއެވެ.
ދެވަނަ ހާފުގައި ވިކްޓްރީގެ ކުޅުން ރަނގަޅުކޮށް، ގްރީން ސްޓްރީޓުގެ ގޯލަށް ނުރައްކާ ކުރަމުންދިޔަނަމަވެސް ލަނޑުބޯޑުން ސުމެއް ކަނޑުވާލެވޭގޮތް ވަނީ ނުވެފައެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓްރީގެ ގިނަ ޙަމަލާތަކެއްގެ ހުރަހަކަށއ މެދުވެރިވި، ގްރީން ސްޓްރީޓުގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ސާއިފް އެވެ.