މަންމަގެ ކަށިގަނޑު ކައިރީ މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
މަންމަގެ ކަށިގަނޑު ކައިރީ މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ
އާގަރާގައި އެކަނި ގެއެއްގައި ދިރިއުޅޭ ބީނާ ނުފެނިގެން އަވަށްޓެރިން ކަންބޮޑުވީ އޭނާ ނުފެންނަތާ ގިނަ ދުވަސްތަކެއްވުމުންނެވެ. އަދި އޭނާ ދިރިއުޅޭ ގެއިން ނުބައި ވަހެއް ދުވަންފެށުމުންނެވެ.

އެތެރެއިން ތަޅުލާފައި ހުރި ދޮރު ހަލާކުކޮށްލައިގެން އަވަށްޓެރިން ގެއަށް ވަނުމުން ފެނުނީ އިންސާނެއްގެ ކަށިގަނޑެއް ކައިރީގައި ބީނާ މަރުވެފައި އޮއްވައެވެ.

ފުލުހުން އައިސް ބެލުމުން އެނގުނީ ބީނާ މަރުވިތާ ދުވަސްތަކެއް ވެއްޖެކަމެވެ. އަދި އޭނާ މަރުވެފައި އޮތީ މީގެ މަސްތަކެއް ކުރިން މަރުވެފައިވާ އޭނާގެ މަންމަގެ ކަށިގަނޑު ކައިރީގައި ކަމެވެ.

ބީނާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ އުމުރުން 45 އަަހަރުގެ އަންހެނެކެވެ.
މިއަދު އޮންލައިން