މުޖުތަމައުގެ ލާބައަށް 33 މިލިއަން ދިރުހަމަށް ނަމްބަރު ޕްލޭޓެއް ގަތުމަށްފަހު 4.5 މިލިއަނަށް ފޯނު ނަމްބަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މުޖުތަމައުގެ ލާބައަށް 33 މިލިއަން ދިރުހަމަށް ނަމްބަރު ޕްލޭޓެއް ގަތުމަށްފަހު 4.5 މިލިއަނަށް ފޯނު ނަމްބަރެއް!
މިދިއަ އަހަރު ދުބާއީގައި ރީތި ނަމްބަރު ޕްލޭޓްތައް ނީލަންކީއިރު ޑީ5 ނަމްބަރު ޕްލޭޓް 33 މިލިއަން ދިރުހަމަށް ގަތުމަށްފަހު މިއަދު 4.5 މިލިއަން ދިރުހަމަށް ފޯނު ނަމްބަރެއް ގަނެފިއެވެ.

ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިންގެތެރޭގައި ހިމެނޭ މަހުޖަނު ބަލަވިންދަރު ސަހްނީ ބުނީ އޭނާ 33 މިލިއަން ދިރުހަމަށް ނަމްބަރު ޕްލޭޓް ގަތީ ނައިބް ރައީސް ގުޅުއްވާފައި ނަމްބަރު ޕްލޭޓް ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރެވޭނީ އިޖުތިމާޢީ ކަންކަމަށް ކަމަށް ވިދާޅުވުމުން ކަމަށެވެ. "މިއީ ސަރުކާރުގެ ވެސް ކުންފުންޏެއް. އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރުމަކީ ކުންފުނީގެ އުފަލެއް."

މަހުޖަނު ބުނީ އޭނާ މިއަދު 4.5 މިލިއަން ދިރުހަމަށް ގަތް 88888888-058 ނަމްބަރަކީ އަމިއްލޮއައަށް ގެންގުޅެވޭނެ ނަމްބަރެއް ނޫން ކަމަށެވެ. ނަމްބަރު ގަތްތާ 2 ގަޑިއިރު ތެރޭ 1000 ކޯލް ލިބިއްޖެ، ކިހިނެއްތަ މިވަރު ނަމްބަރެއް ގެންގުޅޭނީ." ލަފާކުރެވޭ ގޮތުން މަހުޖަނު ބޭނުންވަނީ އިޖުތިމާޢީ މުހިންމު ހަރަކާތެއް ނުވަތަ ގިނައިން މީހުން ގުޅަންޖެހޭ ޚިދުމަތަކަށް ނަމްބަރު ހަދިޔާ ކުރުމަށެވެ.

އޭނާ ބުނީ ފޯނު ނަމްބަރުވެސް ގަތީ އެކަމަށް ލިބޭ ފައިސާ އިން އިޖުތިމާޢީ ޚިދުމަތްތަކަށް ހޭދަކުރަން ހަމަޖައްސާފައި އޮތުމުން ކަމަށެވެ. އަދި އިޖުތިމާޢީ ކަމަަކަށް ހޭދަކުރާނަމަ ގަންނަ އެއްޗެއްގެ އަގަށް ބަލަން ބޭނުން ނުވާ ކަމަށެވެ.
މިއަދު އޮންލައިން