މަސްތުވެ ސިކުނޑި ތަޣައްޔަރުކުރަނީ އަމިއްލައަށް- މަސްތުގަ ހުރެ ކުރާ ކުށުގެ ޒިންމާ ޖެހޭނީ އުފުލަން: އިސް ފަނޑިޔާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަސްތުވެ ސިކުނޑި ތަޣައްޔަރުކުރަނީ އަމިއްލައަށް- މަސްތުގަ ހުރެ ކުރާ ކުށުގެ ޒިންމާ ޖެހޭނީ އުފުލަން: އިސް ފަނޑިޔާރު
އުމުރުން 8 އަހަރުގެ އުބައިދު ވަގަށް ނަގައި ޖިންސީ ގޯނާކޮށް މަރައިލި ޤާޠިލުގެ ވަކީލު އެންމެ މަތީ ކޯޓުގައި ވެސް ބުނީ އޭނާގެ ކްލައިންޓް އެކަންކުރީ މަސްތުގައި ހުރެކަން ރިޕޯޓްތަކުން ހާމަވާއިރު އެއީ ޤަޞްދުގައި މީހަކު މެރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

ފަނޑިޔާރުން ބުނީ މަސްތުވުމަކީ އަމިއްލައަށް ކުރާ ކަމެއް ކަމަށާއި މަސްތުގެ ހާލަތުގައި ހުރެ ކުރާ ކުށުން ބަރީއަ ނުވެވޭނެ ކަމަށެވެ. "އޭނާ އަކީ ސިކުނޑީގެ މައްސަލަ ހުރިމީހެއް ނޫން. އޭނާއަކީ ސިކުނޑިއަށް އަމިއްލައަށް މައްސަލަ ޖައްސުވާ މީހެއް. އެއީ އެމީހަކު އަމިއްލައަށް ކުރާ ކަމެއް."
އުމުރުން 8 އަހަރުގެ އުބައިދު ވަގަށް ނަގައި ޖިންސީގޯނާކުރި މީހާއަށް މަރުގެ އަދަބު ދިނުމަށް ޔޫއޭއީގެ އެންމެ މަތީކޯޓުންވެސް އިއްޔެ ވަނީ ތާއީދުކޮށްފައެވެ.

އުބަދުގެ ބައްޕަ ހިންގާ ގަރާޖަށް ކާރެއް ރިޕެއަރކުރަން ގެންދިއުމަށްފަހު ގަރާޖަށް ގޮސްއުޅުމުގެ ތެރޭގައި އުބައިދުއާއި ގުޅުން އުފައްދައި އޭނާއަށް ބައިސްކަލް ސްކޫޓަރެއް ގަނެދޭން ކަމަށް ބުނެ އޮޅުވާލައިގެން ގެންގޮސް އުބައިދަށް ޖިންސީ ގޯނާކުރުމަށްފަހު މަރައިލީ މިދިއަ އަހަރުގެ މެއިމަހުއެވެ.

އުބައިދު މަރައިލި ސަބަބެއް ކަމަށް ބެލެވެނީ ޖިންސީ ގޯނާކުރަމުންދިއައިރުވެސް އެކަމަށް ދެކޮޅު ހަދައި ބައްޕައަށް ކިޔައިދޭނެ ކަމަށް ބުނުމެވެ. އެއިރު އެމީހާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ފުލުހުން ބުނެއެވެ.
މިއަދު އޮންލައިން