ބަހްރައިންގަ ބަހަކަށް ހަމަލާދީ 5 ފުލުހުން ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބަހްރައިންގަ ބަހަކަށް ހަމަލާދީ 5 ފުލުހުން ޒަޚަމްކޮށްލައިފި
ބަހްރައިންގައި ފުލުހުން ދަތުރުކުރި ބަހަކަށް ހަމަލަދީ ފުލުހުންގެ 5 މީހުން ޒަޚަމްކޮށްލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އިއްޔެ ދިން މި ހަމަލާގައި އަނިޔާ ލިބުނު 3 ފުލުހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމަށާއި އެމީހުންގެ ހާލު އެހައި ނުރައްކާ ނޫން ކަމަށެވެ. އަދި ފުލުހަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ބުނެއެވެ.

މިހަމަލާ ގުޅުވާފައިވަނީ ޝައިޚް ޢީސާ ޤާސިމް ޑީPޯޓް ކުރަން ކުރި ޙުކުމާއިއެވެ. ޝައިޚް ޢީޞާގެ ޔޫއޭއީ ރައްޔިތެއްގެ ހައިޞިއްޔަތު މިހާރު ވަނީ ބާޠިލުކޮށްފައެވެ. ކޮންމެ ވަގުތަކުވެސް އޭނާ އަނބުރައި ފޮނުވައިލުމަކީ އެކަށީގެންވާ ކަމެކެވެ. މަރިޗް 4 ގައި މަތީ ކޯޓުން މިކަމަށް ގޮތެއް ނިންމާނެއެވެ.

ޝައިޚް އަކީ ޝިޢާއިންގެ ރޫޙާނީ ލީޑަރެކެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ ޢީސާ ގެންދަނީ ބަހްރައިންގައި ހަރުކަށި އަމަލުތައް ހިންގަމުން ކަމަށެވެ. ހިޒްބުﷲގެ ލެބަނަން ސިޢާ ގޮފިން ބުނެފައިވަނީ ކޯޓުގެ ޙުކުމުގެ ސަބަބުން ކައްވަޅުތައް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން