ރޮކެޓެއް ފޮނުވި ކަމަށް ބުނެ ޣާޒާގެ ސަރަހައްދުތަކަށް ބޮން އަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ރޮކެޓެއް ފޮނުވި ކަމަށް ބުނެ ޣާޒާގެ ސަރަހައްދުތަކަށް ބޮން އަޅައިފި
ހަމާސްގެ މުޖާހިދުން އިޒްރޭލަށް ރޮކެޓެއް ފޮނުވިކަމަށް ބުނެ ޣާޒާގެ ސަރަހައްދުތަކަށް އިޒްރޭލުން ބޮން އަޅައިފިއެވެ.

މިއަދު ހަމަލާދީފައިވަނީ ހަމާސްގެ ހަނގުރާމަވެރިންގެ މަރުކަޒްތައް ހުންނަ ސަރަހައްދުތަކަށެވެ. މިހަމަލާތަކުގައި މަގުމަތިން ހިނގާފައި ދިއަ ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.

އިޒްރޭލުން ބުނީ ރޮކެޓް ފޮނުވީ ކޮންމެ ބައަކު ނަމަވެސް އެކަމުގެ ޒިންމާ އުފުލަން ހަމާސްއަށް ޖެހޭނެ ކަމަށެވެ. ޣާޒާ އިން ރޮކެޓް ފޮނުވާ ކަމަށް އިޒްރޭލުން ބުނި ނަމަވެސް އެކަމުގެ ހެއްކެއް އިޒްރޭލަކަށް ނުދެއްކެއެވެ. އަދި މީހަކު މަރުވާ ކަމަކަށްވެސް ނުވެއެވެ.
މިއަދު އޮންލައިން