ތިންވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން 3 ވަނަ ފަހަރަށް ޓީރެކްސް ބާސްކެޓްބޯލް ޓީމުން ހޯދައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 75 ޕޮއިންޓު 88 ޕޮއިންޓުން ކިންގްސް ބީސީގެ މައްޗަށް ކުރިހޯދައިގެންނެވެ. ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްގެއިބްރާހިމް ރަޝްވާންއެވެ.
މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު 5ކުޅުންތެރިންނަށް ހޮވުނީ ކިންގްސް ބީސީގެ މުހައްމަދު ޒިލާލާއި، ރިޝްފާން ރަޝީދާއި، ދަ ބައުސް ސްޕޯޓްސް ކްލަބުގެ އިބްރާހިމް ނަސީމާއި،ކިންގްސް ބީސީގެ މުހައްމަދު ފިރާޝް އާއި ޓީރެކްސްގެ އަހްމަދު ޒަބީރެވެ. އެޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމްރަޝްވާނެވެ.
2015 ވަނަ އަހަރު ތަޢާރަފް ކުރު އެމްބީއޭ ކަޕްގައި މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްވެސް ކާމިޔާބުކޮށްފައިވަނީ ޓީރެކްސް އިންނެވެ.