އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑިއާގެ މޮހާން ބަގާންއާ ދެކޮޅަށް އެ ޤައުމުގައި މިއަދު ކުޅޭ މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ބޭނުންވަނީ މޮޅަކުން ނިންމާލަންކަމަށް ރާއްޖޭގެ ކުލަބް ވެލެންސިއާގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ރާއްޖޭ ގަޑިން މިއަދު 15:30 ގައި ފަށާ މި މެޗާއިބެހޭގޮތުން ފެސްކޯ ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ މޮޅެއް ބޭނުންވެފައި ކަމަށާއި ޓީމުގެ މޯޓިވޭޝަންވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި މޮހާން ބަގާން ބަލިކޮށް ގުރޫޕް ސްޓޭޖަށް ކޮލިފައިވާން، ޓީމުއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް ފެސްކޯ ބުންޏެވެ.
މި މުބާރާތުގެ ފުރަތަމަ ލެގުގައި މި މަހުގެ 21 ވަނަ ދުވަހު މިދެޓީމު ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު1-1 އެއްވަރުވެގެން ނިމުނު އިރު، އެމެޗުގައި ވެލެންސިއާ އިން ހެހި ލަނޑު ކާމިޔާބު ކޮށްދިނީއޮމޮދޫ ގޮޑްފްރޭ ވެސްޓްއެވެ. މޮހާން ބަގާންގެ ލަނޑު ކާމިޔާބު ކޮށްދިނީޑެރީލް ޑަފީއެވެ.