އައިސިސްއަށް މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދޭ މީހަކު އޮސްޓްރޭލިއާ އިން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އައިސިސްއަށް މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދޭ މީހަކު އޮސްޓްރޭލިއާ އިން ހައްޔަރުކޮށްފި
އައިސިސްއަށް މިސައިލް އުފައްދާ ޓެކްނޮލޮޖީ ފޯރުކޮށްދޭކަމަށް ބެލެވޭ މީހަކު އޮސްޓްރޭލިޔާ ކައުންޓަރޓެރަރިޒަމް ފުލުހުން ހައްޔަރުކޮށްފިއެވެ. އެމީހަކީ އޮސްޓްރޭލިއާގެ މީހެކެވެ. މިއީ މިފަދަ ކަމަކާއި ގުޅިގެން އޮސްޓްރޭލިއާ އިން ހައްޔަރުކުރި ފުރަތަމަ މީހާއެވެ.

މިއަދު އޭނާ ހައްޔަރުކުރީ ސިޑްނީ އާއި 170 ކިލޯ މީޓަރު ދުރުގައި ހުންނަ އޭނާގެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކުރުމަށްފަހުއެވެ. ގިނަ އަދަދެއްގެ ފުލުހުން އެގެއަށް ދިއައީ ގިނަ އަދަދެއްގެ ފާރަގަމަ ވެސް ގޮވައިގެންނެވެ.

ފުލުހުން ބުނީ މިސައިލްތަކުން ދިފާއުވާނެ ނިޒާމު އުފެއްދުމުގެ ޓެކްނޮލިޖީ އާއި ދުރު ރާސްތާ މިސައިލްތައް އުފެއްދުމުގެ ޓެކްނޮލޮޖީވެސް 42 އަހަރުގެ އެމީހާ އައިއެސްއަށް ފޯރުކޮށްދޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޓެކްނޮލޮޖީގެ އިތުރުން އެފަދަ ތަކެތި މޮޑެލްކުރާނެ ގޮތްތައްވެސް އޭނާ ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

އައިއެސް އާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި އޮސްޓްރޭލިއާ އިން މިހާރު އަންނަނީ ބައިވެރިވަމުންނެވެ.
މިއަދު އޮންލައިން