މިޔަންމާގެ އިދިކޮޅު ޖަމާއަތްތަކާއި ސަރުކާރުގެ ޖަމާއަތްތަކާއި ދެމެދު ބޯޑަރު ސަރަހައްދުގައި ކުރަމުން ގެންދާ ހަނގުރާމަތުގައި 160 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ހާމަވެއްޖެއެވެ.
މިކަމުގެ އެއްވެސް ތަފްޞީލެއް ނުދީ ތިބުމަށްފަހު ސިފައިންގެ ކޮމާންޑަރަކު ބުނީ ފާއިތުވި 3 މަސް ދުވަސްތެރޭ ގިނަ ބައަކު މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ސިފައިންގެ 74 މީހުންނާއި 15 ފުލުހުންނާއި ސަރުކާރުގެ 13 މުވައްޒިފުންނާއި ޢާންމުންގެ 13 މީހުން މަރުވެފައިވާކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.
ކޮމާންޑަރުބުނީ ހަނގުރާމަވެރިންގެތެރެއިން މަރުވި މީހުންގެ އަދަދު ނުއެނގޭ ކަމަށާއި ބޮޑެތި ޖަނާޒާތައް ބާއްވާތަން ފެނިފައިވާ ކަމަށެވެ.
ސޫކީގެ ސަރުކާރުން ގެންދަނީ ހަނގުރާމަވެރިންނާއި މަޝްވަރާކުރަން މަސައްކަތްކުރަމުންނެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރި 8 ޖަމާއަތަކުން ވަނީ ސަރުކާރާއިއެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް އެއްބަސްވެ ސޮއިކޮށްފައެވެ.