މަގުތައް ނުހަދާތީ މަގުމަތީގަ ބަރަހަނާކަމާއެކު އިހްތިޖާޖުކުރުމުން މަގުތައް ހަދަން ސަރުކާރުން އެއްބަސްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަގުތައް ނުހަދާތީ މަގުމަތީގަ ބަރަހަނާކަމާއެކު އިހްތިޖާޖުކުރުމުން މަގުތައް ހަދަން ސަރުކާރުން އެއްބަސްވެއްޖެ
މަގުތައް ނުހަދާތީ ޤާނޫނީ ވަކީލަކު މަގުމަތީގަ ބަރަހަނާކަމާއެކު އިހްތިޖާޖުކުރުމުން މަގުތައް ހަދަން ސަރުކާރުން އެއްބަސްވެއްޖެއެވެ.

ބީޖޭޕީން ވެރިކަންކުރަމުން ގެންދާ ބިހާރު ސްޓޭޓްގެ ސަރަހައްދެއްގެ މަގުތައް ހަދައިދޭނެ ކަމަށްބުނެ އަމަލީ މަސައްކަތްތައް ނުފަށައި ދިގުމުއްދަތެއް ފާއިތުވުމުން ޤާނޫނީ ވަޖީލަކު ބޭނުންވީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އޭނާއަށް އެކަން ކުރަން ފެނުނު އެންމެ ރަނގަޅުގޮތަކީ އެއްވެސް ފޭރާމެއް ނެތި ބަރަހަނާ ކަމާއިއެކު މަގުމަތީގައި އޮށޯވެ އޮވެ މުޒާހަރާކުރުމެވެ.

4 މަސްދުވަސްވަންދެން އޭނާ ކުރި މުޒާހަރާގެ ސަބަބުން ބިހާރުގެ ޑިޕިޔުޓީ ޗީފް މިނިސްޓަރު ތެރެޝްވީ ޔާދޭވް މިހާރު ވަނީ އެސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ޔަޤީންކަން ދެއްވުމުން އޭނާގެ ރުހުމުގައި މިހާރު ވަނީ ގައިގައި ފޮތިގަނޑެއް އަޅައިފައެވެ.

ބަޖެޓު ސެޝަންތައް މިދިއަ 4 ދުވަހު ކުރިއަށް ގެންދިއައިރު މަގުހެދުން ސަމާލުކަމަށް ގެނައުމުގެ ގޮތުން މަޝްހޫރު ލަަވަކިޔުންތެރިޔާ ވިނޭ ބިހާރީ ވަނީ 5 ދުވަސްވަންދެން ޢާންމުތަންތަނުގައި ހަމައެކަނި ޖަނގިޔާ ލައިގެން ލަވަކިޔައިފައެވެ.

ހޯމަ ދުވަހު ޑިޕިޔުޓީ ޗީފް މިނިސްޓަރު ވަނީ އޭނާއަށް ސަލްވާރަކާއި ޕިޖާމާ ކޯޓެއް ފޮނުއްވައި އެކަން ހުއްޓައިލުމަށް އެދިވަޑައިގެންފައެވެ. އަދި މަގުތައް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މިހުރިހައި ކަންކަމެއް ހިންގަން ޖެހުނީ 44 ކިލޯ މީޓަރުގެ ސަރަހައްދެއްގައި މަގު ހަދައިދިނުމުގައި ސަރުކާރު ފެއިލްވުމުންނެވެ.
މިއަދު އޮންލައިން