އައިރުޅީގަ އަހަރުނުވާ ދަރިފުޅު ބިންމައްޗަށް "ޖަހައި" މަރާލި ބައްޕައަކު ކޯޓަށް ވެއްދުމުން ވަގުތުން 10 އަހަރަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އައިރުޅީގަ އަހަރުނުވާ ދަރިފުޅު ބިންމައްޗަށް "ޖަހައި" މަރާލި ބައްޕައަކު ކޯޓަށް ވެއްދުމުން ވަގުތުން 10 އަހަރަށް ޖަލަށް!
ގޭތެރޭގައި ޖެހުނު މައްސަލައެއްގައި އައިރުޅީގައި އުމުރުން 1 އަހަރު ނުވާ ތުއްތު ދަރިފުޅު ބިންމައްޗަށް "ޖަހައި" މަރައިލި ބައްޕައަކު ކޯޓަށް ވެއްދުމުން 10 އަހަރަށް ޖަލަށް ލުމަށް ވަގުތުން ޙުކުމްކޮށްފިއެވެ.

ފަނޑިޔާރު ވިދާޅުވީ ސުވާލުތައް ޝަރީއަތްދިގުލައި ދެންމުމަކީ މިފަދަ މައްސަލަތަކުގައި ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. ފަނޑިޔާރު ވަނީ މަރުގެ ދިޔަ އަދާކުރުމަށްވެސް އަމުރު ކުރައްވައިފައެވެ.

ހުކުމަށްފަހު ކޯޓުގައި ކުއްޖާގެ މަންމަ ބުނީ އެދެމަފިރިންގެ މެދުގައި އަބަދުވެސް މައްސަލަ އުފެދި ޒުވާބުކުރާ ކަމަށެވެ. ނަމަވެސް ބަދަލެއްގެ ގޮތުން ދަރިފުޅަށް އަނިޔާވެރިވެ މަރައިލުމަކީ އޭނާ ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

ކުއްޖާގެ ބައްޕަ ތަޙްޤީޤްގައި ބުނެފައިވަނީ އެކަން ކުރެވުނީ ދަރިފުޅު މަރާލުމުގެ މަޤްޞަދުގައި ނޫން ކަމަށާއި ރުޅިގަދަވެގެން ބޭއިޚްތިޔާރުގައި ކުރެވުނު ކަމެއްކަމަށެވެ.

އޭނާ އެހެން ބުނުމުން "ކަލޭ ރުޅިގަދަވެ އަތްފައިން އަދިވެސް ގޯސް ހަދާފާނެ" ކަމަށް ބުނެ ފުލުހުން ވަނީ އޭނާގެ އަތުގައި ދިގު މުއްދަތެއްގައި ބިޑިއަޅުވާފައެވެ.
މިއަދު އޮންލައިން