ހަށިވިއްކާ 2 އަންހެނުންނަށް ހަމަލާދީ ޅިޔައަޅައިލުމުން 2 އަހަރަށް ޖަލަށް، 2 އަންހެނުން 5 އަހަރަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހަށިވިއްކާ 2 އަންހެނުންނަށް ހަމަލާދީ ޅިޔައަޅައިލުމުން 2 އަހަރަށް ޖަލަށް، 2 އަންހެނުން 5 އަހަރަށް ޖަލަށް!
ހަށިވިއްކާ 2 އަންހެނުންނަށް ކަޓަރުން ހަމަލާދީ ޅިޔަައަޅައިލުމުން އެކަންކުރިމީހާ 2 އަހަރަށް ޖަލަށްލުމަށާއި ހަށިވިއްކި 2 އަންހެނުން ކޮންމެ އަންހެނަކު 5 އަހަރަށް ޖަލަށް ލުމަށް ދުބާއީ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ހަމަލާދިނީ އަފްޣާނިސްތާނު ފިރިހެނެކެވެ. އޭނާ ބުނީ އެ ދެ އަންހެނުން އުޅެނީ އޭނާ ދިރިއުޅޭ ފްލެޓް ކުރިމަތީގައި ހުންނަ ފްލެޓެއްގައި ކަމަށެވެ. އަދި އޭނާ އެކަންކުރީ ބައަކު ބުނެގެން ކަމަށާއި އެކަން ކުރަން ބުނިމީޙުން އޭނާ އެކަންކުރާކަން ކަށަވަރުކުރުމަށް ފާރައަށް ވެސް ތިބިކަމަށެވެ.

މިހަމަލާގައި ދެއަންހެނުންގެ މޫނަށާއި ކަނދުރާއަށާއި ކަރަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. 2 އަންހެނުންގެ މައްޗަށް ޙުކުމް ކުރީ ފަރުވާދީ ރަނގަޅުވުމުންނެވެ.

ފަނޑިޔާރު ވިދާޅުވީ ޙުކުމް އިއްވަވާފައިވާނީ އެމީހަކު ކުރި ކުށެއްގެ ނިޞްބަތުން ޤާނޫނާއި އެއްގޮތަށް ކަމަށެވެ. މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކުރީ ބަންގްލަދޭޝް އަންހެނަކާއި އިންޑޮނޭސިއާ އަންހެނެކެވެ.
މިއަދު އޮންލައިން