އަންހެނުންނަށް ޚާއްސަ ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
އަންހެނުންނަށް ޚާއްސަ ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވަނީ
އަންހެނުންނަށް ޚާއްސަކޮށްގެން ސްޓްރީޓް ސޮކަރ މުބާރާތެއް އައްޑޫސިޓީ ހިތަދޫގައި ބާއްވަން ތައްޔާރުވަމުންދާ ކަމަށް ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ އެމްސީ ޔުނައިޓެޑުން ބުނެފިއެވެ.

އެޖަމިއްޔާއިން މައުލޫމާތު ދިންގޮތުގައި މުބާރާތް އޮންނާނީ އަންނަ ރޯދަމަހުގައި ކަމަށެވެ. "މުބާރާތް ކުރިއަށް ގެންދަނީ އަންނަ ރޯދަމަހު ހަވީރު ހަތަރަކުން ފަހަކަށް ޒުވާނުންގެ މަރުކަޒު ފުޓުސަލް ދަނޑުގައި. މިއީ މުޅި އައްޑޫ އަންހެނުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް،" އެމްސީޔޫގެ ޔޫތު ކޯޑިނޭޓަރ އިބްރާހީމް ޟިރާރު ބުންޏެވެ.

އޭނާ ބުނީ މި މުބާރާތް އެހެން މުބާރާތްތަކަށްވުރެ ތަފާތުވާނެ ކަމަށެވެ. އެހެންނަމަވެސް ތަފާތުވާ ސަބަބެއް އޭނާ ހާމައެއް ނުކުރެއެވެ. އެ މުބާރާތުގެ ބޭނުމަކީ ހަވީރުގަޑީގައި ރޯދަ ކުރުކުރުމަށް ބާއްވާ މުރާތެއް ކަމަށްވެސް ޟިރާރު ބުންޏެވެ. އޭނާ ބުނީ އެ މުބާރާތުގައި ދުވާލަކު ކުޅޭނީ އެއްމެޗު ކަމަށެވެ. މުބާރާތުގައި އަދި އޮތީ 6 ޓީމަށް ފުރުސަތުދޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
މިއަދު އޮންލައިން