ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމް ކޮށްގެން ބާއްވާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ މެޗުތައް އައްޑޫސިޓީގައި އިއްޔެ ފަށައިފިއެވެ.
ޖުމްލަ 6 ސްކޫލަކުން ވާދަކުރާ މި މުބާރާތް ހުޅުވި މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ އައްޑޫ ހައިސްކޫލާއި، ސ. އަތޮޅު މަދަރުސާއެވެ. އެމެޗު 10 ލަނޑު އެއްލަނޑުގެ ބޮޑު ތަފާތަކުން މޮޅުވީ އައްޑޫ ހައިސްކޫލެވެ.
މި މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ހައިސްކޫލާއި، ސ. އަތޮޅު މަދަރުސާއި، ހިތަދޫ ސްކޫލާއި، ފޭދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، މަރަދޫ އިރުޝާދިއްޔާ ސްކޫލެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ޝަރަފުއްދީނާއި، އިރުޝާދިއްޔާ ސްކޫލެވެ. މިމެޗުވެސް ކުޅޭނީ އައްޑޫ ހިތަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.