ސައުތު އޮޕަރޭޝަން ކޮމާންޑް ހެޑްފުޓުސަލް ކަޕް (އެސްއޯސީ) މުބާރާތް މާދަމާ އައްޑޫ ސިޓީގައި ފަށާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ސައުތު ބުލޫޒް އިން ހާމަކޮށްފިއެވެ.
މިމުބާރާތް ފެށުމަށް ކުރިން ހަމަޖެހިފައިއޮތީ މާޗު 4 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާހެދި މުބާރާތް އެއްވެސް އަވަސް ކުރަންޖެހުނީ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.
މުބާރާތަށް ކޮލިފައިވެފައިވާ ޓީމްތައް އިއްޔެވަނީ އައްޑޫ ސިޓީއަށް ގޮސްފައެވެ. އެއީ ސެންޓްރަލް ޕޮލިސް ޑިވިޝަންއިން ދ. އަތޮޅު ޕޮލިސް ޓީމާއި، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންއިން ތ. އަތޮޅު ޕޮލިސް ޓީމާއ، އަޕަރސައުތު ޕޮލިސް ޑިވިޝަންއިން ގއ. އަތޮޅު ޕޮލިސްޓީމާއި، ސައުތު ޕޮލިސް ޑިވިޝަންއިން ފުވައްމުލަކު ސިޓީ ޕޮލިސް ޓީމެވެ.
މިޓީމްތަކަށް އައްޑޫން ވަނީ ހޫނޫ މަރުހަބާއެއް ކިޔައިފައެވެ. މުބާރާތް ފެށުމުގެ ކުރިން ބާއްވާ ޓީމްތަކުގެ މެނޭޖަރސް ބައްދަލުވުން މާދަމާ މިއަދު ހެނދުނު ވަނީ އީކުއޭޓާވިލެޖުގައި ބާއްވައިފައެވެ.
މިމުބާރާތުގެ ޗެމްޕިއަނުންނަށް 20،000 ރުފިޔާ ހުށަހަޅާފައިވެއެވެ. ރަނަރއަޕް ޓީމަށް 10،000 ރުފިޔާގެ އިނާމް ހުށަހަޅައިފައިވެއެވެ. 3 ވަނަ ޓީމަށް ހުށަޅައިފައިވަނީ 5000 ރުފިޔާއެވެ.