ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖު: ސޮނެވާ މޮޅުވި އިރު، ރޯޔަލް އާއި ކުޑަރިކިލު މެޗު އެއްވަރު..

ކިޔުމަށް ހޭދަވާނީ 1މ 28ސ
ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖު: ސޮނެވާ މޮޅުވި އިރު، ރޯޔަލް އާއި ކުޑަރިކިލު މެޗު އެއްވަރު..
ބ. އަތޮޅު އޭދަފުށީގައި މިހާރު ކުރިއަށްދާ ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން ސޮނެވާފުށި މޮޅުވިއިރު ރޯޔަލް އާއި ކުޑަރިކިލުގެ އެކުވެރި ގައިޒް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ރޯޔަލް އައިލެންޑް ރިސޯޓާއި ކުޑަރިކިލުގެ އެކުވެރި ގައިޒް ބައދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ 4 ވަނަ މިނިޓުގައި ކުޑަރިކިލުގެ ހުސައިން ހަނާން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް އޭގެ 2 މިނިޓްފަހުން ރޯޔަލްއިން ވަނީ އަހުމަދު ނިހާން ލަނޑެއް ޖަހާ ނަތީޖާ ހަމަކޮށްފައެވެ.

ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނު މި މެޗުގައި ކުޑަރިކިލު ޓީމުގެ ހުސައިން ނިޒާމް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. އެހެންނަމަވެސް މާގިނަ އިރެއްނުވެ،އަނެއްކާވެސް ރޯޔަލް އިންވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު ޖަހައިދނީވެސް ފުރަތަމަ ލަނޑު ޖަހައިދިން އަހުމަދު ނިހާނެވެ. މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުން ޗެންޕިއަން ސޮނެވާފުއްޓާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗު 3-4 ލަނޑުން ކާމިޔާބުކުރީ ސޮނެވާ އިންނެވެ. މި މެޗްގައި ސޮނެވާފުށި ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އަދި މުހައްމަދު ލިޔާހްއެވެ. ޔުނައިޓެޑް ވީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހަމައްދު ފާސިރު (ފާއްޓެ) އަދި އަޔާޒް އަހުމަދެވެ. އަޔާޒް ވަނީ މި މެޗްގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށީގެ ޖާޒީ ނަންބަރ 10 މުހައްމަދު ލިޔާހްއެވެ.

މި މުބާރާތުގައި މާދަމާ 16:05 ގައި ބައްދަލުކުރާނީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑާއި އިރުމަތި ލަވާރސްއެވެ. ދެވަނަ މެޗުގައި 17:05 ގައި ބައްދަލުކުރާނީ ކިހަވައް ސްޓްރައިކާޒް އާއި ކިހާދް މޯލްޑިވްސްއެވެ.
މިއަދު އޮންލައިން