ބޮޑު ތަފާތަކުން އިރުޝާދިއްޔާއިން ޝަރަފުއްދީން ބަލިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ބޮޑު ތަފާތަކުން އިރުޝާދިއްޔާއިން ޝަރަފުއްދީން ބަލިކޮށްފި
އައްޑޫ ސިޓީގައި މިހާރުކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރައިގައި މިއަދު ހަވީރު ޝަރަފުއްދީން ސްކޫލާއި، މަރަދޫ އިރުޝާދިއްޔާ ސްކޫލް ބައްދަލުކުރި މެޗު 8-1 ލަނޑުގެ ބޮޑު ތަފާތަކުން އިރުޝާދިއްޔާ މޮޅުވެއްޖެއެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމް ގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމުނީ 3-1 އިން އިރުޝާދިއްޔާ ކުރީގައި އޮވެގެންނެވެ. މިމެޗުގައި އިރުޝާދިއްޔާ ސްކޫލްގެ ޖާޒީ ނަމްބަރ 7 ހުސައިން އައިކް އާއި ޖާޒީ ނަމްބަރ 11 އަހުމަދު ލޫތު އައްބާސްވަނީ ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ޖަހައިގެން ހެޓްރިކް ހަދައިފައެވެ.

އެޓީމުގެ އަނެއް ދެލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްނަރ 9 އިބްރާހީމް ހޫދު އައްބާސާއި، ޖާޒީ ނަމްބަރ 12 ހުސައިން ރާއިފް ނިޔާޒެވެ.
ޝަރަފުއްދީނުގެ ހަމައެކަނި ލަނޑަކީ އިރުޝާދިއްޔާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލެވެ. މިއީ އެފްއޭއެމް އިން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއަދު އޮންލައިން