ޝޮޕިންގ މޯލްއަކަށް ބާޒާރުކުރަން ގޮސް އުޅުމުގައި އަންހެން ކުއްޖަކަށް މޮޅު ފުމުމެއް ދައްލި 17 އަހަރުގެ ޒުވާނަކު ވެށްޓި މަރުވެއްޖެއެވެ.
ފިރިހެން ކުއްޖާ އޭނާގެ ފޯން އަންހެން ކުއްޖާގެ އަތަށް ދިނުމަށްފަހު ބުނީ "އަހަރެންގެ ފުމުން ވީޑިއޯ ކޮށްލާ" ށެވެ. ބުނުމާއިއެކު ފުންމައިލީއެވެ.
ފުމުން ވަރަށް މޮޅެވެ. ޖެހުނީވެސް ކޮޅަށް ހުރެއެވެ. ނަމަވެސް 4 ވަނަ ބުރިން ފުންމައިލުމުން އަމާޒު ގެއްލި ގޮސްޖެހުނީ ކޮންކްރީޓް ގަނޑުގެ ކަނުގައެވެ. އެހިސާބުން ފުރޮޅައިލީއެވެ.
ޒުވާނާ މަރުވީ ހޮސްޕިޓަލުގެ އިމަރޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ. އަންހެން ކުއްޖާ ބުނީ އޭނާ ފުންމައިލުން ހުއްޓުވަން ބޭނުންވި ކަމަށާއި ނަމަވެސް އެކަމަށް ފުރުޞަތު ނުލިބުނީ ކަމަށެވެ.
އަންހެން ކުއްޖާ ދެއްކި ވާހަކަ ތަނުގެ ސީސީޓީވީން ވެސް ކަށަވަރުކޮށްދޭތީ ފުލުހުން ވަނީ އަންހެން ކުއްޖާގެ މައްސަލައެއް ނެތްކަމަށް ނިންމައިފައެވެ.