ސަލްމާން ރަސްގެފާނު ފެނުމުން މެލޭސިޔާގެ ރައްޔިތުން އުފަލުން "މޮޔަވި".

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސަލްމާން ރަސްގެފާނު ފެނުމުން މެލޭސިޔާގެ ރައްޔިތުން އުފަލުން "މޮޔަވި".
އިސްލާމީ އުންމަތުގެ ބެލެނިވެރިކަން މިވަގުތަށް މާތްﷲ ހަވާލުކުރައްވަވާފައިވާ އިސްލާމީ އުންމަތުގެ "ބައްޕަ" ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފައިންޕުޅު ފެނުމުން މެލޭސިޔާގެ އެތައް މިލިއަން މުސްލިމުން އުފަލުން "މޮޔަވި" އެވެ.

ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ މެލޭސިޔާގެ ވަޒީރެއް އަމީރެއް ނޫނެވެ. އަދި ވެރިއެއްވެސް ނޫނެވެ. މަޝްހޫރު ދީނީ އިލްމްވެރިޔާ ޙުސައިން ޔީ އެވެ. އޭނާއަށް ސަލްމާން ރަސްގެފާނުގެ ފައިންޕުޅު ފެނިވަޑައިގަތުމުން ލިބިވަޑައިގެންނެވި އުފާފުޅު ބޮޑުކަމުން ކުރެއްވުނު ކަންތަކެވެ. ނިތްކުރިފުޅުގައި ބޮސްދެއްވާތެނެވެ.

އިސްލާމީ އުންމަތުގެ "ބައްޕަ" ކަމުގެ ޝަރަފު ސަލްމާން ރަސްގެފާނަށް ލިބިވަޑައިގަންނަވަނީ މުޅި އިސްލާމީ އުންމަތުގެ ބެލެނިވެރިކަން މާތްﷲ އެމަނިކުފާނާއި ހަވާލުކުރައްވަވާފައިވުމުންނެވެ. ސައުދިއަރަބިޔާއަކީ މުސްލިމް ޤައުމުތަކުގެ އެންމެ ބޮޑު ބެލެނިވެރިފަރާތެވެ. އެހެންކަމުން ސައުދިއަރަބިޔާގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެ ޝަރަފު ހައްޤުވާނެއެވެ. އެ ޝަރަފް އަރުވަންޖެހެއެވެ.

އިސްލާމީ ޤައުމުތަކުގެ ބެލެނިވެރިކަން ދަމަހައްޓަން ސައުދިއަރަބިޔާއިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އިސްލާމީ ޤައުމުތަކަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސައުދީއަރަބިޔާއިންނެވެ. ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ސައުދިއަރަބިޔާއިންނެވެ. މުސްލިމް ޤައުމުތަކުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ ސައުދިއަރަބިޔާއިންނެވެ. އެކަމަށްވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ ހަމަ ސައުދިއަރަބިޔާއިންނެވެ.

ފަލަސްޠީނަށައި އުރުދުން އަދި ޔަމަނަށް ބެލިނަމަވެސް އޮމާން އަށާއި އެހެން މުސްލިމް ޤައުމުތަކަށް ބެލި ނަމަވެސް އަދި ސީރިޔާއަށް ބެލި ނަމަވެސް އެ ޤައުމުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ހަމަ ސައުދިއަރަބިޔާއިންނެވެ. މިޞުރަށް ވެސް މެއެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އެހީތެރިކަން މުޅި އިސްލާމީ އުންމަތަށް ފޯރުއްވަން މަސައްކަތްޕުޅު ކުރައްވަވާނެ ކަމަށެވެ. މުސްލިމް ހުރިހާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން އެމަނިކުފާނު ގެންދަވަނީ އަމަލުން ސާބިތުކޮށްދެއްވަމުންނެވެ.
މިއަދު އޮންލައިން