ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ކުލަބަކުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 30ސ
ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ކުލަބަކުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
ބަންގްލަދޭޝްގައި ބޭއްވި ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކުލަބު ކަޕުގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ކޮރެއާގެ ޕޮޗޯން އެފްސީ އާބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ހަމަލާ 7 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ޖެހި ބޯޅަ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

އަދި 18 ވަނަ މިނެޓުގައި ލިބުނު ކޯނަރ ދާދު ނަގައިދިނުމުން ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެ ވަރަށް ރީތިކޮށް ބޮލުންޖަހައި ލަނޑުޖަހައިދިނީ މުހައްމަދު ހަނީފް (ބެންޖޯ) އެވެ.

މި ލަނޑަށްފަހުވެސް 32 ވަނަ މިނެޓުގައި ޓީސީގެ މަހުދީއަށް ވަނީ ލީޑުފުޅާކުރުމަށް ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ޓީސީން ބޮޑަށް ޑޮމިނޭޓު ކުރަމުންދިޔަނަމަވެސް ކޮރެއާއިންވެސް ވަނީ ޓީސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން 38 ވަނަ މިނެޓުގައި އުފެއްދި ހަމަލާ ޓީސީގެ ކީޕަރ ދިފާޢު ކުރިނަމަވެސް 43 ވަނަ މިނެޓުގައި ކޮރެއާ އިންވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަކޮށްފައެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ކޮރެއާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާޢަކަށްވީ ކޮރެއާ އިން އިތުރު ލަނޑެއްޖަހާ ކޮރެއާއަށް ލީޑު ނެގުމެވެ.

ފަހުހާފު ކޮރެއާ ޓީމުން ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް އުފެއްދާފައިވާ އިރު، އެހަމަލާތަކުގެ ހުރަހަކަށްވީ ޓީސީގެ އަދި ނޭޕާލް ޤައުމީ ޓީމުވެސް ކީޕަރ ކިރަން އެވެ.

ދޭތެރެ ދޭތެރެއިން ޓީސީގެ ހަމަލާތައްވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރުމުގެ ނަތީޖާއަކީ ޓީސީގެ ޖާރޒީ ނަމްބަރ 21 ޢައްޒާމް ވަނީ 83 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ދިވެހިންގެ އުއްމީދުތަކަށް އާރޯކަމެއް ގެނެސްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ލަނޑުން ދެޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށް 30 މިނެޓުގެ ދެހާފުވަނި ކުޅެފައެވެ. ނަމަވެސް މި ދެހާފުގައިވެސް އިތުރުލަނޑެއް ޖެހިފައިނުވަތީ ނަތީޖާ ނެރުނީ ޕެނަލްޓީޝޫޓްގައެވެ.

ޕެނަލްޓީޝޫޓްއައުޓުގައި ޓީސީގެ ކީޕަރ ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

ޓީސީ މިހޯދި ފަޚުރުވެރި ކާމިޔަބީއަށް މިއަދު ނޫހުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.
މިއަދު އޮންލައިން