ޤައުމީ ޔޫތް ނެޓްބޯލް ޓީމު އެކުލަވާލައިފި

ކިޔުމަށް ހޭދަވާނީ 34ސ
ޤައުމީ ޔޫތް ނެޓްބޯލް ޓީމު އެކުލަވާލައިފި
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޤައުމީ ޔޫތް ނެޓްބޯލް ޓީމު އެކުލަވާލައިފިއެވެ.

މި ޓީމު މި އެކުލަވާލީ 21 އަހަރުން ދަށުގެ އޭޝިޔަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ.

ނެޓްބޯލް އެސޯސިއޭޝަނުން ބުނީ މި ސްކޮޑު އެކުލަވާލިނަމަވެސް ކުޅުންތެރިންގެ ކުޅުމަށާއި އެހެނިހެން ގޮތްގޮތަށް ބެލުމަށްފަހު ސްކޮޑަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ފަށާ މި މުބާރާތުގައި ރާއްޖޭގެ ޔޫތް ނެޓްބޯލް ޓީމުގެ ކޯޗުގެ މަޤާމަށް ތަޖުރިބާކާރު ކޯޗު އައިމިނަތު ހަލީމް ހަމަޖައްސާފައިވާ އިރު، އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އައިޝަތު ލޫނާއެވެ.
މިއަދު އޮންލައިން