ސުނީއަށް ބޭރު ޤައުމުތަކުންވެސް ތަޢުރީފް އޮހެނީ....

ކިޔުމަށް ހޭދަވާނީ 2މ 12ސ
ސުނީއަށް ބޭރު ޤައުމުތަކުންވެސް ތަޢުރީފް އޮހެނީ....
މަޝްހޫރު ނެށުންތެރިޔާ، ކޯރިއޮގްރާފަރ އަދި ކުރީގެ އެކްޓްރެސް ސުނީތާ އަލީ އޭ ބުނުމުން ނޭނގޭނެ މީހުން މިހާރު ވަރަށް މަދުވާނެއެވެ.

ސުނީތާ ނުވަތަ "ސުނިޔާންކާ"، މޮޅު ނެށުންތެރިއެއްގެ ގޮތުން އާއްމުންނަށް ތަޢާރަފްވި ކަމުގައިވިޔަސް، މިހާރު ގިނަ މީހުންނަށް ސުނީތާ އެނގެނީ ހަމައެކަނި އެކެރިއަރުން އެކަންޏެއް ނޫނެވެ.

އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ތިމާއަށް ކަމުދާ އެހެން ފަންނާނެއް ނުވަތަ ފަންނާނުންތަކެއް ހުންނާނެ މީހެކެވެ. ނަމަވެސް ސުނީތާ އަލީ އަކީ އޭނާގެ އައިޑޮލް އަދި އޭނާގެ އެންމެ ބޮޑު "ފޭވަރިޓް އެކްޓްރެސް"، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާގެ އެންމެ ބޮޑު "ފޭން" ކަމަށް މިހާރު އަވައްޓެރި ޤައުމު ތަކުންވެސް އެއްބަސްވެއެވެ.

އެގޮތުން ޕްރިޔާންކާ ދެކެ ފޭނެއްގެ ހައިޘިއްޔަތުން ސުނީ ލޯބިވާކަން ހާމަކުރަމުން، އިންޑިއާގެ ނޫހެއް ކަމަށްވާ 'ސީކިއުއިންޑިއާ' ގައި ޝާޢިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސުނީ އަކީ ޕްރިޔާންކާގެ "ނަންބަރ1" ފޭން ކަމަށާއި ޚުދު ޕްރިޔާންކާވެސް އެކަމާ އެއްބަސްވާ ކަމަށެވެ.

ސުނީ ގިނައިން ފެންނަނީ ޕްރިޔާންކާގެ ކޮސްޓިއުމްތަކާއި ހަމަ އެއްގޮތަށް ހެދުން އަޅާފައި ހުންނަ ތަނެވެ. މިކަމަކީ ގިނަ ދިވެހިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޖޯކު ޖެހިކަމަކަށް ވިޔަސް، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ބޭއްވި ޚާއްޞަ ޝޯވ އަކަށް އޭކޮން އާއި އެކު ޕްރިޔާންކާވެސް ރާއްޖެއަށް ކުރި ޒިޔާރަތުގައި، ޕްރިޔާންކާ ވަނީ ސުނީއަށް ވަރަށް ތަޢުރީފް ކޮށްފައެވެ. އެރޭގެ ޝޯވގައިވެސް ސުނީ ލައިގެން ހުރީ އޭގެ އަހަރުތަކެއް ކުރިން ޕްރިޔާންކާ ލައިގެން ހުރި ހެދުމަކާއި އެއްގޮތް ހެދުމެއް ލައިގެނެވެ.

އޭނާ ފެނުމުން ރަޙްމަތްތެރި ގޮތަކަށް ބައްދާލުމަށްފަހު ޕީސީ ބުނީ ޕީސީގެ ހުރިހާ ހެދުމަކަށްވެސް ސުނީ ފުރިހަމަކަމެއް ގެނެސްދޭ ކަމަށެވެ.

ސީކިއުއިންޑިއާ ގައި ޝާއިއު ކޮށްފައިވާ ރިޕޯޓުގައިވަނީ ސުނީ އާއި ކުރި އިންޓަރވއު އެއްގައި ޕީސީ ގެ ނަންބަރ1 ފޭންއަށް ވުމުގެ އެވޯރޑް ސުނީއަށް އެރޭ ލިބުމުން ސުނީ ވަރަށް އުފާވި ކަމަށާއި އެރެއަށްފަހު އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސް ކުރިއަށްވުރެ ބޮޑަށް މަޝްހޫރުވެސް ވިކަމަށެވެ.

އެރިޕޯޓުގައިވާ ގޮތުން މަސްވެރިއެއްގެ ދަރިއަކަށްވެފައި އާދައިގެ ދިރިއުޅުމަކުން ކެރިއަރ ފެށި ސުނީތާ އަލީ އަކީ މުޅި ދުނިޔެއަށްވެސް ހުރި ލާމަސީލު މިޘާލެއް ކަމަށެވެ.

ސުނީއަކީ ހިތްވަރާއިއެކު ބުރަކޮށް މަސައްކަތް ކުރާ ހީވާގި އަންހެނެއް ކަމަށް އެރިޕޯޓުގައި ތަޢުރީފު ކޮށްފައިވެއެވެ.

ޙަޤީޤަތުގައިވެސް ސުނީއަށް ތަޢުރީފާއި ސަނާ ޙައްޤެވެ.
މިއަދު އޮންލައިން