ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން އަނަންތަރާ ކިހަވަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރި އިރު، ދަރަންދޫގެ ކިންގްސް ޔުނައިޓެޑާއި އިރުމަތި ލަވަރސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ.
ކިންގްސް ޔުނައިޓެޑާއި އިރުމަތީ ލަވާރސްގެ މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ކިންގްސް ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި މުހައްމަދު ނާޝިދު ޖަހައިދިން މި ލަނޑާއެކު އެހާފު ނިންމާލީ މި ނަތީޖާގައެވެ.
ދެވަނަ ހާފުގައި ކިންގްސް ޔުނައިޓެޑުގެ އީމާން އިލްޔާސް ވަނީ 2 ލަނޑުޖަހާ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އިރުމަތީ ލަވަރސްގެ ޝާހީ މޫސާގެ ލަނޑުން ނަތީޖާގެ ފަރަގު ކުޑަކޮށް އެޓީމަށް ހިތްހަމަޖެހުން ގެނުވި އިރު، ކިންގްސް ޔުނައިޓެޑުގެ 3 ވަނަ ލަނޑު މުޙައްމަދު ނާޝިދު ޖަހާ އިރުމަތި ކަވަރސް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލިއެވެ.
އެހެންނަމަވެސް ދޫދިނުމެއްނެތި ކުޅެމުންދިޔަ އިރުމަތީ ލަވަރސްގެ ހައިޝަމް ހަސަން އާއި މޫސާ ސަޢީދު ވަނީ ލަނޑު ޖަހާ ޓީމު ބައްޔަކުން ސަލާމަތް ކޮށްދީފައެވެ.
ކިހަވަށް ސްޓްރައިކަރޒް އާއި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗް ނިމުނީ 1-4 ގެ ނަތީޖާއަކުން ކިހަވަށް ސްޓްރައިކަރޒް ކާމިޔާބުކުރި އިރު، އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަލީ މާއިޝް އާއި ހުޒައިފަތް ރަޝީދެވެ. ކިހާދް މޯލްޑިވްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މައުމޫން ޢަބްދުލްޤައްޔޫމެވެ.
މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި 16:05 ގައި ބައްދަލުކުރާނީ މާޅޮސް ޔޫތް ކްލަބާއި ސޮނެވާފުއްޓެވެ. ދެވަނަ މެޗުގައި 17:05 ގައި ބައްދަލުކުރާނީ ކޮކޯޕާމް އާއި ކިންގްސް ޔުނައިޓެޑްއެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކަށް ރެޑްވޭވް ހަމަޖައްސާފައިވާ އިރު، ބެވަރޭޖް ޕާޓްނަރއަކީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރއަކަށް ދިރާގު، ބްރޯޑްކާސްޓިންގ މީޑިޔާ ޕާޓްނަރއަކަށް ވީޓީވީ އަދި އޮންލައިން މީޑިޔާ ޕާޓްނަރއަކީ އޭދަފުށި ޓައިމްސް (އީޓީ) އެވެ.