އެމެރިކާގައި އިންޑިއާ އިތުރު މީހެއްގެ ބޮލަށް ބަޑިޖަހާ މަރާލައިފިއެވެ. މިފަހަރު މަރައިލީ އުމުރުން 43 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ހާރނިޝް ޕަޓޭލްއެވެ.
އޭނާގެ ބޮލަށް ބަޑިޖެހީ ބުރާސްފަތި ދުވަހުގެ ރޭ 11:24 ހައިއިރު ފިހާރަ ބަންދުކޮށްފައި ގެއަށް ދިއަ މަގުމަތީގައެވެ. ޕަޓޭލް އެމެރިކާގައި ދިރިއުޅެމުން ދަނީ އަނބިމީހާ އާއި ދަރިފުޅާއިވެސް އެކުގައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ތަޤްރީރްތަކުގައި އެޤައުމުގައި ދިރިއުޅޭ މީހުންނަށް ނިކަމެތި ބަސްތައް ބުނެ އެއީ ކުށްވެރިން ކަަމަށް ސިފަކުރެވޭ ގޮތަށް ވާހަކަދައްކަން ފެށިފަހުން އިންޑިއާ މީހުން މެރުން ވަނީ އިތުރުވެފައެވެ. އެކަމާއި ގުޅިގެން ޢާންމު ތަންތަނުގައި އިންޑިއާ މީހުން އެމީހުންގެ ބަހުން ވާހަކަ ދެއްކުން މިހާރު ވަނީ ހުއްޓާލާފައެވެ. ކޮން ޤައުމެއްގެ މީހެއްކަން އެނގުނަ ނުދިނުމަށެވެ.
އެހެން ޤައުމެއްގައި އެމެރިކާގެ ރައްޔިތަކު މަރައިފިނަމަ އަދި ކިތަންމެ ކުޑަ އަނިޔާއެއް ކުރި ނަމަވެސް އެމެރިކާއިން ގެންދަނީ އެ ޤައުމަކާއިމެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.