މިހާރު ކުރިއަށްދާ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ބައްދަލުކޮށް ކުލަބް އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބު ކުރީ 0-2 ލަނޑުންނެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓް ކުރަމުންދިޔަ އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖަހައިދިނީ އަންސަރު އިބްރާހީމް (އަންކޮ) އެވެ. މިއީ އަރަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ރުހާމް ޢަބްދުލްޣަނީ (ބޮބީ) ދިން ރީތި ތުރޫ ޕާހަކުން އަންސަރު ކާމިޔާޞުކުރި ލަނޑެކެވެ.
މި މެޗުގެ ދެވަނަ ލަނޑު އަދި އީގަލްސްއަށް ތިންޕޮއިންޓު ޔަގީންކޮށްދިން ލަނޑު އެޓީމަށް ޖަހއިދިނީ އީގަލްސްގެ ބިދޭސީ ފޯވާޑް ޑީކްމަން އެވެ.
ދެވަނަ ހާފުގައިވެސް މެޗުގެ ކޮންޓްރޯލު ހޯދައިގެން އީގަލްސް ކުޅެމުން ދިޔަނަމަވެސް ލަނޑުބޯޑުން އިތުރު ލަނޑެއް ފެންނަވަރު ވަނީ ނުވެފައެވެ.