ގްރީން ސްޓްރީޓަކީ އާދައިގެ ޓީމެއް ނޫން. އެޓީމާއިމެދު ވަރަށް ވިސްނަންޖެހޭ: ފެސްކޯ

ކިޔުމަށް ހޭދަވާނީ 1މ 8ސ
ގްރީން ސްޓްރީޓަކީ އާދައިގެ ޓީމެއް ނޫން. އެޓީމާއިމެދު ވަރަށް ވިސްނަންޖެހޭ: ފެސްކޯ
ގްރީން ސްޓްރީޓަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި އެޓީމާއިމެދު ވިސްނަންޖެހޭ ކަމަށް ކުލަބު ވެލެންސިއާގެ ހެޑް ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

މިއަދު ނޫހަށް މަޢުލޫމާތުދެމުން ފެސްކޯ ބުނީ މާދަމާގެ މެޗުގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށާއި ކުޅޭނީ މެޗުން މޮޅުވާން ކަމަށެވެ. ޓީމުގައި ކޮންމެވެސް ވަރެއްގެ އިންޖަރީއެއް އުޅުނަސް އެއީ އެކްސްކިއުޒް ދައްކަންޖެހޭ ކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

" ޓީމުގަ އިންޖަރީ އެބަހުރި. އެކަމަކު އެއީ އެކްސްކިއުޒް ދައްކަންޖެހޭ ކަމެއް ނޫން. މުބާރާތެއް ނުވަތަ މެޗެއް ކުޅެންޏާ އިންޖަރީވެސް ހުންނާނެ" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ގްރީން ސްޓްރީޓު ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީގެ މައްޗަށް ކުރި ހޯދާފައިވުމަކީ އެޓީމަށް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި އެޓީމުގައި މުޅިންވެސް ތިބީ ސަމާލުވާން ޖެހޭ ކުޅުންތެރިން ކަމަށެވެ.

އޭނާ ބުނީ " އެޓީމުގެ (ގްރީން ސްޓްރީޓު) ކޮންމެ ކުޅުންތެރިއަކަށްވެސް ސަމާލުވާން ޖެހޭ" ކަމަށާއި " ފުރަތަމަ ޑިވިޝަންގައި ދެރަ ޓީމެއް ނުކުޅޭނެ" ކަމަށެވެ.

މާލޭ ލީގުގައި ގްރީން ސްޓްރީޓް ފުރަތަމަ ކުޅުނު މެޗުގައި ވިކްޓްރީ ބަލިކުރީ 0-1 ލަނޑުންނެވެ. މާދަމާގެ މެޗަކީ މާލޭ ލީގުގައި ކުލަބް ވެލްންސިއާ ކުޅޭ ފުރަތަމަ މެޗެވެ.
މިއަދު އޮންލައިން