މައިލޯ އިންޓަރ ސްކޫލް 17 އަހަރުން ފަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ބައްދަލުކުރީ ފޭދޫ ސްކޫލާއި ހިތަދޫ ސްކޫލެވެ. މިމެޗު 9-2 ލަނޑުން ކާމިޔާބުކުރީ ފޭދޫ ސްކޫލެވެ.
މިމެޗުގައި ފޭދޫ ސްކޫލުގެ މުހައްމަދު ހޫދު ހަނީފްވަނީ ހެޓް ރިކެއް ހަދައިފައެވެ. އަނެއް ހަ ލަނޑު އެޓީމަށް ޖަހައިދީފައިވަނީ އަހުމަދު ލޫތު ނައީމާއި، ހަސަން ސިޔާހު ހާދީއާއި، ހުސެއިން ލައިސް އަދުނާންއާއި، އަލީ ޝިމާން އާއި އިބްރާހީމް ނައްވާލްއެވެ.
ހިތަދޫ ސްކޫލުގެ ދެލަނޑު ޖަހައިދީފައިވަނީ މުހައްމަދު ޒައިން ފަހްމީއެވެ. ޖުމްލަ 6 ސްކޫލް ވާދަކުރާ މި މުބާރާތުގައި މާދަމާ ކުޅޭނީ ސ. އަތޮޅު މަދަރަސާއި، އިރުޝާދިއްޔާ އެވެ. މި މެޗަށް ދެޓީމް ނުކުންނައިރު ސ. އަތޮޅު މަދަރުސާ ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އިރުޝާދިއްޔާ ވަނީ އެޓީމްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.